އާމިރް ޚާން - ފައިލް ފޮޓޯ ބޮލީވުޑް ލައިފް

ކޮވިޑް ޗެރިޓީއެއްގައި އާމިރް ޚާން ރާޒުވާ ކުޅެނީ

އިންޑިއާގައި ކޮވިޑް-19 ޗެރިޓީ ފަންޑްރައިޒް ހަރަކާތެއްގައި ރާޒުވާ ކުޅެން، ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ތައްޔާރުވެއްޖެއެވެ.

"ޗެކްމޭޓް ކޮވިޑް – ސެލެބްރިޓީ އެޑިޝަން" ގައި އާމިރް ޚާން ރާޒުވާ ކުޅޭނީ އިންޑިއާގެ ރާޒުވާ ގްރޭންޑްމާސްޓާ ވިސްވަނަތަން އާނަންދްއާ ދެކޮޅަށެވެ. ވިސްވަނަތަންއަކީ ރާޒުވާގެ ދުނިޔޭގެ ޗެމްޕިއަންކަން ފަސްފަހަރު ކާމިޔާބުކޮށްފައިވާ މީހެކެވެ.

ވިސްވަނަތަންއާއެކު ރާޒުވާ ކުޅެފައިވާ އިންޑިއާގެ މަޝްހޫރު މީހުންގެ ތެރޭގައި ރިތޭޝް ދޭޝްމުކް، އަރްޖިތު ސިންގް އަދި ސާޖިދު ނަޑިއަދުވާލާ ހިމެނެއެވެ.

އާމިރް ޚާން އާއި ވިސްވަނަތަންގެ ރާޒުވާ މެޗު އޮންނާނީ މާދަމާ ހަވީރު އިންޑިއާ ގަޑިން 5:00 ގައެވެ. ފަންޑްރައިޒްގައި ލިބޭ ފައިސާ ހޭދަކުރުމަށް ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށެވެ.