ބަތަލާ އަފްޝަން އަޒާދަށް ދަރިއަކު ލިބެނީ
ހެރީ ޕޮޓާއިން ފެނިގެންދިޔަ އެކްޓްރެސް އަފްޝަން އަޒާދަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފިއެވެ.
ނަބިލް ކާޒީއާއި 2018 ވަނަ އަހަރު ކައިވެނިކުރި ބަތަލާ އަފްޝަން އަޒާދު ބަލިވެއިންކަން ހާމަކުރީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާއެކުގައެވެ. ފޮޓޯއާއެކު ލިޔެފައިވާ ޕޯސްޓްގައި އަފްޝަން ބުނެފައިވަނީ ދަރިފުޅު އުފަންވާނީ ޖުލައި މަހު ކަމަށެވެ.
އިނގިރޭސިވިލާތަށް އުފަން، އަފްޝަން އަޒާދް ވަނީ ހެރީ ޕޮޓާ ފިލްމް ފްރެންޗައިޒްގެ ބައެއް ފިލްމްތަކުން ފެނިގެން ގޮސްފައެވެ. އޭނާ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2005 ވަނަ އަހަރު ރިލީޒްކުރި ހެރީ ޕޮޓާ އެންޑް ދަ ގޮބްލެޓް އޮފް ފަޔާ އިންނެވެ. އޭނާ ކުޅުނީ ޕަދްމާ ޕަޓިލްގެ ރޯލެވެ.