ޑެމީ މޯ

މަންމަގެ ސަބަބުން 15 އަހަރުގައި ޖިންސީ ޝިކާރައަކަށްވި: ޑެމީ މޯ

މަންމަގެ ސަބަބުން އުމުރުން 15 އަހަރުގައި، ޖިންސީ ޝިކާރައަކަށްވެގެން ދިޔަ ކަމަށް ހޮލީވުޑްގެ އެކްޓްރެސް ޑެމީ މޯ ބުނެފިއެވެ.

ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން ޑެމީ ބުނި ގޮތުގައި އެ ހަޑިހުތުރު އަމަލު ހިންގުމަށް އުމުރުން ދުވަސްވީ ފިރިހެނަކު ވަނީ ޑެމީގެ މަންމައަށް 500 ޑޮލަރު ދީފައެވެ. ނަމަވެސް ޑެމީ ބުނީ އޭނާ "ވިއްކާލީ" ކަމަށް ހިތުގެ އަޑިން ގަބޫލު ނުކުރާ ކަމަށެވެ.

ޑެމީ ބުނި ގޮތުގައި އޭނާގެ މައިންބަފައިންނަކީ މަސްތުވާތަކެތި ބޭނުންކުރި ބައެކެވެ. ފައިސާގެ ދަތިކަން ހުރުމުން އާއިލާ ދިޔައީ އަބަދުވެސް ގައުމުގެ އެކި ސަރަހައްދުތަކަށް ހިޖުރަކުރަމުން ކަމަށް ޑެމީ ބުންޏެވެ.

ޑެމީ ހާމަކުރި ގޮތުގައި ޑެމީގެ އުމުރުން 12 އަހަރުގައި، އޭނާގެ މަންމަ ވަނީ އަމިއްލައަށް މަރުވާން މަސައްކަތްވެސް ކޮށްފައެވެ.