ހީނާ ޙާން

ހީނާ ޙާން ސޯޝަލް މީޑިއާ އާ ދުރަށް

އިންޑިއާގެ އެކްޓްރެސް ހީނާ ޙާން، ވަގުތީ ގޮތުން ސޯޝަލް މީޑިއާ އާ ދުރަށް ޖެހިއްޖެއެވެ.

އެކްޓްރެސް ހީނާ ޙާން ސޯޝަލް މީޑިއާ އާ ދުރަށް ޖެހިފައި މިވަނީ އޭނާގެ ބައްޕަ މަރުވުމުން އެކަމުގެ ހިތާމައިގައެވެ. އިންސްޓަގްރާމް ސްޓޯރީގައި ހީނާ ޙާން ބުނެފައިވަނީ މިވަގުތަކީ އޭނާ އާއި އޭނާގެ އާއިލާ ހިތާމަކުރަމުންދާ ވަގުތެއް ކަމަށެވެ.

ހީނާ ޙާން ބުނި ގޮތުގައި މިވަގުތު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތައް ބަލަހައްޓަމުންދާނީ އޭނާގެ ޓީމުންނެވެ. ހީނާ ޙާން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އެ ޓީމުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާނެ ކަމަށް ހީނާ ޙާން ބުނެފައިވެއެވެ.

ހީނާ ޙާންގެ ބައްޕަ، އަސްލަމް ޙާން މަރުވީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ބައްޕަ މަރުވި ޚަބަރު ލިބުނުއިރު، ހީނާ ޙާން އުޅުނީ ކަޝްމީރްގައި ޝޫޓިންއެއްގައެވެ.