ނޭހާ ދުޕިއާ ރާއްޖޭގައި އުފާވެރި ހަފުތާއެއް ހޭދަކޮށްފި

ޗުއްޓީ ހޭދަކުރުމަށް، ބޮލީވުޑާއި ހޮލީވުޑްގެ ފަންނާނުންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ. އިންޑިއާގެ އެކްޓްރެސް ނެހާ ދުޕިއާވެސް މިވަނީ ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ނެހާ ދުޕިއާގެ އެންމެ ފަހުގެ އިންސްޓަގްރާމް ސްޓޯރީގައި، ރާއްޖޭގައި ހޭދަކުރި ހަފުތާގައި ލިބުނު މެހެމާންދާރީއަށް ވަނީ ޝުކުރު އަދާކޮށްފައެވެ. ނެހާ ރާއްޖެއައީ ފިރިމީހާ އަންގަދް ބޭޑީ އާއި ދަރިފުޅު މެހެރް އާއެކުގައެވެ. އެ އާއިލާ ޗުއްޓީ ހޭދަކުރީ ސެންޓާރާ ގްރޭންޑް މޯލްޑިވްސްގައެވެ.

ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯތައް، ނެހާ ދިޔައީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާކުރަމުންނެވެ. މިދަތުރަކީ ނެހާގެ ފިރިމީހާ، ނެހާއަށް ދިން އުފަންދުވަހުގެ ހަދިޔާއެކެވެ.

ނެހާއަކީ ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީސް"، "އެކްޝަން ރިޕްލައި"، އަދި "ހިންދީ މީޑިއަމްއިން ފެނިގެންދިޔަ ތަރިއެކެވެ. ނޭހާގެ އެންމެ ފަހުގެ ފިލްމު "ގުންޖަން ސެކްސޭނާ: ދަ ކަރގިލް ގާލް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗްމަހުގެ 13 ވަނަ ދުވަހުއެވެ.