ޑިޒްނީން މުފާސާ އިއުލާނުކޮށްފި

ޑިޒްނީއިން "މުފާސާ: ދަ ލަޔަން ކިންގް" އިއުލާނުކޮށްފިއެވެ.

މި ފިލްމަކީ ޑިޒްނީއިން 2019 ވަނަ އަހަރު ރިލީޒްކުރި ދަ ލަޔަން ކިންގް ލައިވް-އެކްޝަންގެ ޕްރިކުއެލް ފިލްމެކެވެ. މުފާސާގެ ޑައިރެކްޓަރު ބެރީ ޖެންކިންސް ހާމަކުރި ގޮތުގައި މި ފިލްމްގައި ކިޔައިދޭނީ ސިމްބާގެ ބައްޕަ މުފާސާގެ ވާހަކައެވެ. މުފާސާއަށް ވެރިކަން ލިބުނު ގޮތް މި ފިލްމުން ކިޔައިދޭނެ ކަމަށް ބެރީ ބުންޏެވެ.

ބެރީ ބުނި ގޮތުގައި މުފާސާއަށް ވެރިކަން ލިބުނީ ކިހިނެތްތޯ ބަލަން އޭނާ ކުޑައިރުވެސް ބޭނުންވެއެވެ.

ޑިޒްނީއިން ލަޔަން ކިންގް ކާޓޫންގެ ފުރަތަމަ ބައި ނެރުނީ 1994 ވަނަ އަހަރުއެވެ. މި ބައިގައި ކިޔައިދެނީ މުފާސާގެ މަރުވެގެންދާ ގޮތާއި ސިމްބާއަށް ވެރިކަން ލިބިގެންދާ ގޮތެވެ.