ކެޓްރީނާ އާއި ސަލްމާން ޚާން - ފޮޓޯ ޓައިގާ ޒިންދާ ހޭ ފޭސްބުކް ޕޭޖް

"ޓައިގާ 3" ގެ ޝޫޓިން ފަށަނީ

ފިލްމް "ޓައިގާ 3" ގެ ޝޫޓިން ފެށުމަށް ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ތައްޔާރުވެއްޖެއެވެ

ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ޝޫޓިން ފެށުމަށް ތައްޔާރުވެފައި މިވަނީ، ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ފިލްމްގެ ޝޫޓިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުމްބާއީގައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމްގެ ޝޫޓިން ފަށާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ފިލްމްގެ ލީޑް ކާސްޓުންނާއެކު ރިހާސަލް ކުރިއަށް ގެންދިއުމަށް ޑައިރެކްޓަރު ބޭނުންވެއެވެ. އެހެން ކަމުން ޝޫޓިން ފެށުމަށް ހަަމަޖެހިފައިވާ ދުވަހުގެ ކުރިން ލީޑް ކާސްޓުންނާއެކު ރިހާސަލް ކުރިއަށް ގެންދިއުމަށް ޑަައިރެކްޓަރު ދަނީ މަސައްކަތް ކުރަމުންނެވެ.

މި ފިލްމްގެ ލީޑް ކާސްޓުންގެ ތެރޭގައި އިމްރާން ހާޝްމީވެސް ހިމެނެއެވެ.

ތޫފާން "ޓައުޓޭ" ގެ ސަބަބުން، ފިލްމް "ޓައިގާ 3" ގެ ސެޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއެވެ. އޭގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ފިލްމް އުފައްދާ ފަރާތަށް ލިބުނެވެ.