ފިލްމް ސެޓްގައި އަލިފާން ރޯވެ ދުން އަރަނީ

ރަންބީރް އާއި ޝްރަދާގެ ފިލްމް ސެޓެއްގައި ރޯވެއްޖެ

ރަންބިރް ކަޕޫރާއި ޝްރަދާ ކަޕޫރް މަސައްކަތްކުރަމުންދިޔަ ފިލްމެއްގެ، ސެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ފިލްމަކީ އިންޑިއާގެ ފިލްމް ޑައިރެކްޓަރު، ލަވް ރަންޖަން ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމްގެ ނަން އަދި ހާމަކޮށްފައިނުވާއިރު، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މުމްބާއީގައި ހުރި ފިލްމްގެ ސެޓުގައެވެ.

އަލިފާނުގެ ހާދިސާގައި، ފިލްމްގެ ބައެއް ކްރޫ މެމްބަރުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގެ ޝޫޓިން ވަނީ ސްޕެއިންގައިވެސް ކުރިއަށް ގެންގޮސްފައެވެ. މުމްބާއީގައި ހުރި ސެޓުގައި ހިނގި ހާދިސާއާ ގުޅިގެން ފިލްމްގެ މަސައްކަތް މިހާރު އޮތީ ހުއްޓިފައެވެ. އަލިފާނުގެ ހާދިސާގައި ސެޓުގެ ތިން ފަންގިފިލާ ވަނީ އަނދާފައެވެ.