ޝާހްރުކް

ސިއްހީ އެހީތެރިންނަށް ޝާހްރުކް 25000 ޕްރޮޓެކްޓިވް ކިޓް ހަދިޔާކޮށްފި

އިންޑިއާގެ މަހާރާޝްތްރާގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް، ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ހާން 25،000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް ހަދިޔާކޮށްފިއެވެ.

ޝާހްރުކް އެ އެހީވެދިންކަން ހާމަކުރީ، މަހާރާޝްތްރާގެ ޕަބްލިކް ހެލްތު އެންޑް ފެމިލީ ވެލްފެއާ މިނިސްޓަރު ރާޖެޝްއެވެ. މިނިސްޓަރު ރާޖެޝް ކުރި ޓްވީޓެއްގައި ވަނީ، ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންގެ ރައްކާތެރިކަމަށްޓަކައި ޝާހްރުކް ވެދިން އެހީއަށް ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޝާހްރުކް ވަނީ ބައެއް ފަންޑްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޝާހްރުކް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ކެއާސް ފަންޑާއި މަހާރާޝްތްރާގެ ޗީފް މިނިސްޓަރު ފަންޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޝާހްރުކް ވަނީ މުމްބާއީގެ 5500 އާއިލާއަކަށް، ކާނާ ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި ހޮސްޕިޓަލްތަކަށް ކޮންމެ ދުވަހަކު 2000 ކެއުން ފޯރުކޮށްދިނުމަށް ނިންމާފައެވެ.