ޕްރިޔަންކާ

ޕްރިޔަންކާގެ ބޮލީވުޑް ފިލްމެއް އަންނަ އަހަރު

ޕްރިޔަންކާ ޗޯޕްރާގެ ފިލްމެއްގެ އިންތިޒާރުގައި ތިބި މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. އަންނަ އަހަރު ބޮލީވުޑްގެ ފިލްމަކުން ފެނިގެންދާނެ ކަމަށް ޕްރިޔަންކާ މިވަނީ ބުނެފައެވެ.

ޓްވިޓާގައި ކުރިއަށް ގެންދިޔަ އާސްކް މީ ސެޝަނެއްގައި މީހަކު ވަނީ ބޮލީވުޑްގެ ފިލްމަކުން ޕްރިޔަންކާ ފެނިގެންދާނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ. ޕްރިޔަންކާ ދީފައިވަނީ ކުރު ޖަވާބެކެވެ. "އަންނަ އަހަރު!!!" ޕްރިޔަންކާ ބުންޏެވެ. ނަމަވެސް އޭގެ ތަފުސީލެއް ޕްރިޔަންކާ ނުދެއެވެ.

ބޮލީވުޑްގެ އިތުރުން ހުޅަނގުގެ ފިލްމްތަކުގެ މަސައްކަތްތައްވެސް ޕްރިޔަންކާ މިހާރު ދަނީ ކުރަމުންނެވެ. ޕްރިޔަންކާ މިހާރު ދަނީ އެމެޒޮން ސީރީޒްގެ "ސިޓަޑެލް" ގެ ޝޫޓިން ލަންޑަންގައި ކުރިއަށް ގެންދަމުންނެވެ.

ޕްރިޔަންކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "މެޓްރިކްސް 4" ހިމެނެއެވެ.