އޫނާ ޗަޕްލިން

ޗާލީ ޗަޕްލިންގެ ކާފަދަރި، އޫނާ ބިރުވެރި ފިލްމަކަށް

ކުރީގެ މަޝްހޫރު ލެޖެންޑް ޗާލީ ޗަޕްލިންގެ ކާފަ ދަރިއެއް ކަމަށްވާ އޫނާ ޗަޕްލިން، ބިރުވެރި ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ބަތަލާ އޫނާ ޗަޕްލިން ތައްޔާރުވަމުން އަންނަނީ، ޑައިރެކްޓަރު ޖޯން ރޮބާޓްގެ ފިލްމް "ލޮލަބާއީ" އަށެވެ. މި ފިލްމްގެ ސްކްރީންޕެލޭ ލިޔެފައިވަނީ އެލެކްސް ގްރީންފީލްޑް އާއި ބެން ޕޯވެލްއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ކިޔައިދޭނީ އަލަތު މަންމައަކަށް ދިމާވާ ކަންތައްތަކެކެވެ.

ބައެއް ފިލްމްތަކާއި ޓީވީ ސީރީޒްތަކުން އޫނާ ޗަޕްލިން ފެނިގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ބްރިޓިޝް ޓެލެވިޒަން ޑްރާމާ ސީރީޒް "ދި އަވާ" އާއި މަޝްހޫރު ޓީވީ ސީރީޒް "ގޭމްސް އޮފް ތްރޯންސް" ހިމެނެއެވެ.

އޫނާ ޗަޕްލިންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "އެވޭޓާ 2" އަދި "އެވޭޓާ 3" ހިމެނެވެ.