ކެޓްރީނާ އާއި ސަލްމާން ޚާން - ފޮޓޯ ޓައިގާ ޒިންދާ ހޭ ފޭސްބުކް ޕޭޖް

ސަލްމާން އާއި ކެޓްރީނާ ރަޝިއާއަށް ދަނީ

ފިލްމް "ޓައިގާ 3" ގެ ޝޫޓިންއަށް، އެކްޓަރު ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ރަޝިއާއަށް ދިއުމަށް ތައްޔާރުވެއްޖެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސަލްމާން އާއި ކެޓްރީނާ ރަޝިއާއަށް ދާނީ ބުދަ ދުވަހުއެވެ. ރިޕޯޓްތައް ބުނާ ގޮތުން "ޓައިގާ 3"ގެ މަންޒަރުތައް އޮސްޓްރިއާ އަދި ތުރުކީގައިވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުން، "ޓައިގާ 3" ގެ ޝޫޓިން މެދުކެނޑުނެވެ. އަދި ތޫފާން "ޓައުޓޭ" ގައި، "ޓައިގާ 3" ގެ ސެޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއެވެ.