ސެޓާރން އެވޯޑްސް 2019: ނޮމިނޭޝަންތައް އިއުލާން ކޮއްފި

ސެޓާން އެވޯޑްސް 2019 ގެ ނޮމިނޭޝަންތައް އިއުލާނުކޮށްފިއެވެ.

ސެޓާން އެވޯޑަސް އަކީ އެކަޑަމީ އޮފް ސައިންސް ފިކްޝަން، ފެންޓަސީ އެންޑް ހޮރޯ ފިލްމް އިން ދޭ އެވޯޑް ތަކެކެވެ. އެންމެ ފުރަތަމަ ހަމައެކަނި މި ތިން ދާއިރާގެ ފިލްމުތަކަށް އެވޯޑް ދިންނަމަވެސް، މިހާރު މި ޖަންރާތަކުގެ ޑިޖިޓަލް ސީރީސްއަށާއި ޓީވީ ސީރީސް ތަކަށްވެސް މި އެވޯޑްދެއެވެ.

އުންމީދުތަކާއި އެއްގޮތަށް މި އަހަރުގެ އެންމެ ބޮޑު ދެ އިވެންޓް ކަމަށްވާ، "އެވެންޖާސް: އެންޑްގޭމް" އާއި "ގޭމް އޮފް ތްރޯންސް" ސީޒަން 8 ވަނީ އެންމެ ގިނަ ނޮމިނޭޝަންތައް ހޯދާފައެވެ.

"އެވެންޖާސް: އެންޑްގޭމް" 14 އެވޯޑަކަށް ނޮމިނޭޓްވެފައިވާއިރު "ގޭމް އޮފް ތްރޯންސް" ސީޒަން އަށެއް ވަނީ ނުވަ އެވޯޑަކަށް ނޮމިނޭޓްވެފައެވެ.

ޑިޒްނީގެ "އަލާދިން" ވެސް ވަނީ ނުވަ އެވޯޑަކަށް ނޮމިނޭޓްވެފައެވެ. ޓީވީ ސީރީޒްތަކަށް ބަލާލާއިރު "ހައުންޓީން އޮފް ހިލް ހައުސް" އާއި "ދަ ވޯކިން ޑެޑް" މި ދެ ސީރީޒްއަށްވެސް ހަ ނޮމިނޭޝަން ލިބިފައިވެއެވެ.