"ވެނޮމް" ކާރނޭޖްގެ ރޯލަށް ވުޑީ ހަރެލްސަން އަންނާނެ

ފިލްމް "ވެނޮމް" ގެ ސިނަމެޓޯގްރަފަރ ރޮބަރޓް ރިޗަރޑްސަން ބުނާ ގޮތުގައި ވުޑީ ހަރެލްސަން ކާރނޭޖްގެ ރޯލަށް އެނބުރި އަންނާނެއެވެ."ވެނޮމް"ގެ ޕޯސްޓް-ކްރެޑިޓް ސީންގައި ވަރަށް ކުޑަ ވަގުތުކޮޅަކަށް ވުޑީ ހަރެލްސަން، ޖަލެއްގެ ސެކިއުރިޓީ ވަރުގަދަ ހިސާބެއްގައި ބަންދުކޮށްފައި ހުއްޓާ ފެނެއެވެ.

ޓޮމް ހާޑީ އާއި މިޝެލް ވިލިއަމްސް ވެނޮމްގެ 2 ވަނަ ބަޔަށް އެނބުރި އަންނާނެއެވެ. ނަމަވެސް ނުބެން ފެލެއިޝާގެ ބަދަލުގައި މިފަހަރު "ވެނޮމް" ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ އެންޑީ ސާރކިސްއެވެ.

އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ރިލީޒްކުރަން  ހަމަޖެހިފައިވާ "ވެނޮމް" ގެ ސީކުއެލްގައި އަދިވެސް ކުރިޔަށްދަނީ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތެވެ.