އެމްބާ އާއި ޖޭޒަން އަދި ޑައިރެކްޓަރު ފޮނުވި ނޯޓް - ފޮޓޯ އިންސްޓަގްރާމް

"އަކްއަމޭން" ސީކުއެލްއިން އެމްބާ ފެންނާނެ

އަކްއަމޭންގެ ސީކުއެލް ފިލްމުން ހޮލީވުޑްގެ ބަތަލާ އެމްބާ ހާޑް ފެނިގެންދާނެކަން ކަށަވަރުވެއްޖެއެވެ.

ފިލްމަށް މަރުހަބާ ކިޔައި، ފިލްމްގެ ޑައިރެކްޓަރު ޖޭމްސް ވެން އަދި ފިލްމްގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ރޮބްގެ ފަރާތުން ފޮނުވި ކާޑުގެ ފޮޓޯއެއް އެމްބާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ޑައިރެކްޓަރު ޖޭމްސް އާއި ޕްރޮޑިއުސަރު ރޮބް ފޮނުވި ނޯޓްކޮޅުގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރަމުން ކުރި ޕޯސްޓްގައި އެމްބާ ބުނީ އޭނާ ކަރަންޓީންގައި ހުރި ކަމަށެވެ.

އަކްއަމޭންގެ ދެވަނަ ފިލްމަށް ދީފައިވާ ނަމަކީ "އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑޮމް" އެވެ. މި ފިލްމްގައި ލީޑްރޯލުން ފެނިގެންދާނީ ޖޭޒަން މޮމޯއާއެވެ.

ޖޭޒަން މޮމޯއާ މީގެ ކުރިން ހާމަކުރި ގޮތުގައި، ފިލްމްގެ ޕްރޮޑަކްޝަންގެ މަސައްކަތް ފަށާނީ ޖުލައި މަހުއެވެ.