އިޝާންގެ ރޯލް ކުޅުނު އެކްޓަރު ދަރްޝީލް - ފޮޓޯ ހިންދުސްތާންނިއުސްހަބް

މަސައްކަތެއް ހޯދަން އާމިރް ޚާނަށް ގުޅަން ބޭނުންނުވާ ސަބަބު ކިޔައިދީފި

ފިލްމް "ތާރޭ ޒަމީން ޕަރް" ގައި ފެނިގެންދިޔަ އިޝާން އަވަސްތީގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ 2007 ވަނަ އަހަރުގެ އެ ފިލްމް ބެލުމަށްފަހު ގިނަ ބަޔަކު ރުއިކަން އެއީ ހަގީގަތެވެ. ފިލްމްގެ އެއް ލީޑްރޯލް ކަމަށްވާ، އިޝާންގެ ރޯލު ކުޅުނީ އެކްޓަރު ދަރްޝީލް ސަފްއަރީއެވެ. އޭނައާއެކު ފިލްމްގައި ލީޑްރޯލުން ދެން ފެނިގެންދަނީ އެކްޓަރު އާމިރް ޚާނެވެ.

ދެ ފިލްމަކަށް މިހާރު ތައްޔާރުވަމުން އަންނަ ދަރްޝީލް މިވަނީ އޭނާ ފިލްމީ ދާއިރާއާ ދުރުގައި ހުރި ސަބަބާއި މަސައްކަތެއްގައި އެކްޓަރު އާމިރް ޙާނަށް ގުޅަން ބޭނުންނުވާ ސަބަބު ހާމަކޮށްފައެވެ.

މީޑިއާއަކަށް މައުލޫމާތު ދެމުން ދަރްޝީލް ބުނި ގޮތުގައި އޭނާ ބޮޑު ސްކްރީނުން މި ފާއިތުވި އަހަރުތަކުގައި ނުފެނި ދިޔައީ އާދައިގެ ކޮލެޖް ދަރިވަރެއްގެ ގޮތުގައި ކޮލެޖް ދުވަސްތައް ހޭދަކުރުމަށެވެ.

މަސައްކަތަކަށް އެދި އާމިރް ޙާނަށް ގުޅިނަމަ އެއީ ދިރިއުޅުމުގައި "ޝޯޓްކަޓްސް" އެއް ނެގުން ކަމަށް ދަރްޝީލް ބުންޏެވެ. އާމިރް ޚާނަށް ގުޅަން ލަދުގަންނަ ކަމަށް ބުނެ ދަރްޝީލް ބުނީ ކަމެއް ހާސިލުކުރަން ޖެހޭނީ އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ.