"ފުކުރޭ" ރިލީޒްކުރުން ފަސްކޮށްފި
ކޮމެޑީ ފްރެންޗައިޒް "ފުކުރޭ" ގެ ތިން ވަނަ ފިލްމްގެ މަސައްކަތް ކުރަމުންދާކަން ހާމަކުރީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
ހިޓް ކޮމެޑީ ފްރެންޗައިޒް ރިލީޒްކުރާނެ ތާރީހެއްގެ ގޮތުގައި އޭރު އިއުލާނު ކުރީ ސެޕްޓެމްބަރު ހަތްވަނަ ދުވަހެވެ. ނަމަވެސް ޝާހްރުކް ޚާންގެ "ޖާވަން" މިހާރު ރިލީޒްކުރަން އޮތީ މި ތާރީހުގަ އެވެ.
ފިލްމް "ފުކުރޭ" ރިލީޒްކުރާ ތާރީހު މިހާރު ވަނީ ނޮވެމްބަރު 24 އަށް ފަސްކޮށްފަ އެވެ.
ފުކުރޭގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 2013 ވަނަ އަހަރު އެވެ. ދެވަނަ ފިލްމް – ފުކުރޭ ރިޓާންސް ރިލީޒްކުރީ 2017 ވަނަ އަހަރު އެވެ.