ކެވިން އާއި ދަ ރޮކް: ގެޓީ އިމޭޖްސް

ކެވިންގެ ހާލު އަންނަނީ ރަނގަޅުވަމުން: ދަ ރޮކް

ކާރު އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ކެވިން ހާރޓްސްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ޑްވޭން ޖޯންސަން (ދަ ރޮކް) ބުނެފިއެވެ.

މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ހިނގި ކާރު އެކްސިޑެންޓްގައި ކެވިންގެ މައިބަދައަށް އަނިޔާވެފައިވާއިރު، އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "ދަ ކެލީ ކްލާރކްސަން ޝޯ" ގައި ވާހަކަ ދައްކަމުން ދަ ރޮކް ބުނީ ކެވިން އަކީ ނަސީބުގަދަ މީހެއް ކަމަށެވެ.

ކެވިން އަކީ އެންމެ ގާތް އެއް އެކުވެރިޔާކަން ފާހަގަކޮށް ރަ ރޮކް ބުނީ ކެވިންއާއި ފޯނުން ގުޅައި ހާލު ބަލައިފައިވާ ކަމަށެވެ. އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި ހޮސްޕިޓަލަށް ޒިޔާރަތްކޮށް ކެވިން އާ ބައްދަލުކުރާނެ ކަމަށްވެސް ދަ ރޮކް ބުންޏެވެ.

ދަ ރޮކް އާއި ކެވިން އެކުގައި މަސައްކަތްކުރި ފިލްމްތަކުގެ ތެރޭގައި ޖުމާންޖީ އާއި ސެންޓްރަލް އިންޓެލިޖެންސް ހިމެނެއެވެ.