"ޓޯޓަލް ދަމާލް" ގެ މަންޒަރެއް

"ޓޯޓަލް ދަމާލް" އަށް އަދިވެސް ބޮޑު ތަރުހީބެއް

އަޖޭ ދޭވްގަން ފެނިގެންދާ ކޮމެޑީ ފިލްމް "ޓޯޓަލް ދަމާލް" ރިލީޒްކުރިތާ ތިން ހަފުތާ ވެގެން ދިޔައިރުވެސް، ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ފިލްމަށް ތަރުހީބު ލިބެމުން ދިޔަ ނަމަވެސް މިހާރު ފިލްމްގެ ޝޯތައް ސިނަމާތަކުގައި އަޅުވާ މިންވަރު ވަނީ މަދުކޮށްލާފައެވެ. ފިލްމަށް މިހާތަނަށް 150.76 ކްރޯ ރުޕީސް ވަނީ ލިބިފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން "ޓޯޓަލް ދަމާލް" ގެ ޑައިރެކްޓަރު ބުނެފައިވަނީ ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

"ޓޯޓަލް ދަމާލް" އަކީ 2007 ވަނަ އަހަރު ރިލީޒްކުރި ފިލުމު "ދަމާލް" ގެ ތިންވަނަ ބައެވެ. "ޓޯޓަލް ދަމާލް" އިން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި މަދޫރީ ދިކްޝިތް، ރިތޭޝް ދޭޝްމުކް ހިމެނެއެވެ.