ޔާމީ އާއި އަދިތްޔާ ދަރް - ފޮޓޯ ޔާމީ ގޯތަމް އިންސްޓަގްރާމް

ޔާމީ ގޯތަމް އާއި އަދިތްޔާ ދަރް ކައިވެނިކޮށްފި

އިންޑިއާގެ އެކްޓްރެސް ޔާމީ ގޯތަމް އާއި އަދިތްޔާ ދަރް ކައިވެނިކޮށްފިއެވެ.

ޔާމީ އާއި އަދިތްޔާ ކައިވެނިކޮށްފައިވަނީ ހުކުރު ދުވަހުއެވެ. ޔާމީ ގޯތަމް ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ކައިވެނީގެ ހަފުލާގައި ބައިވެރިވީ ދެ މީހުންގެ އާއިލާގެ މެންބަރުންނެވެ.

ކައިވެނި ކުރިކަން ހާމަކުރުމުން ގިނަ ބަޔަކު ދަނީ ޔާމީ އާއި އަދިތްޔާއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ޝްރައްދާ ކަޕޫރް، ދިއާ މިރްޒާ، ވާނީ ކަޕޫރް، ވަރުން ދާވަން އަދި ޖެކްލީން ފެނާންޑެޒް ހިމެނެއެވެ.

އަދިތްޔާ އަކީ ބްލޮކްބަސްޓާ ފިލްމް، އުރީ: ދަ ސާޖިކަލް ސްޓްރައިކްގެ ޑައިރެކްޓަރެވެ. މި ފިލްމުން ޔާމީ ގޯތަމްވެސް ފެނިގެންދިޔައެވެ. ޔާމީ ގޯތަމް ކުޅެފައިވާ ބައެއް އެހެން ފިލްމްތަކުގެ ތެރޭގައި ކާބިލް، ސަރްކާރް 3 އަދި ބާލާ ހިމެނެއެވެ.