ބިޔޯންސޭގެ އަތްދަބަސްތަކެއް ވަގަށް ނަގައިފި
އެމެރިކާގެ ލަވަކިޔުންތެރިޔާ ބިޔޯންސޭގެ އަތްދަބަސްތަކަކާއި ހެދުންތަކެއް ވަގަށް ނަގައިފިއެވެ.
ލޮސް އެންޖެލްސްގައި ބިޔޯންސޭގެ ސްޓޯރޭޖް ތިން ޔުނިޓު ހުރެއެވެ. އެ ތަންތަނުން މި މަހު ދެ ފަހަރު ވައްކަންކޮށްފައިވެއެވެ.
ވަގަށް ނެގި މުދަލުގެ އަގު އެއް މިލިއަން ޑޮލަރަށް އަރައެވެ. ވަގަށް ނެގި ތަކެތީގެ ތެރޭގައި ބިޔޯންސޭގެ ދަރިން ކުޅޭ ތަކެތިވެސް ހިމެނެއެވެ.
ލޮސް އެންޖެލްސްގެ ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ ސްޓޯރޭޖް ޔުނިޓަކުންވެސް ދާދިފަހުން ވަނީ ވައްކަންކޮށްފައެވެ.