"ނެޝަނަލް ޓްރެޒާ" ގެ 3 ވަނަ ފިލްމްގެ މަސައްކަތް ފަށައިފި

ޑިޒްނީ އާއި ޖެރީ ބްރަކްހިމާ ފިލްމްސް ގުޅިގެން "ނެޝަނަލް ޓްރެޒާ" ގެ ތިންވަނަ ފިލްމް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ފިލްމްގެ ސްކްރިޕްޓް ލިޔާނީ، ފިލްމް "ބޭޑް ބޯއީސް ފޮ ލައިފް" ގެ ސްކްރީން ރައިޓަރު ކްރިސް ބްރިމްނާއެވެ.

"ނެޝަނަލް ޓްރެޒާ" ގެ ފްރެންޗައިޒްގެ ފިލްމްތަކުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ އެކްޓަރު ނިކޮލަސް ކޭޖްއެވެ. ނިކޮލަސް ކޭޖް އެ ފިލްމުން ފެނިގެން ގޮސްފައިވަނީ ބެންޖަމިން ފްރެންކްލިން ގޭޓްސް ނަމަކަށް ކިޔާ މީހެއްގެ ރޯލުންނެވެ.

މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމް ނެރުނީ 2004 ވަނަ އަހަރުއެވެ. އެ ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 347 މިލިއަން ޑޮލަރު ލިބިފައިވެއެވެ. 2007 ވަނަ އަހަރު ރިލީޒްކުރި ދެވަނަ ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 457 މިލިއަން ޑޮލަރު ލިބުނެވެ.