"ސްޓްރީ" ގެ ޕްރިކުއެލްއެއް އުފައްދަނީ

ބޮލީވުޑްގެ ހޮރޯ-ކޮމެޑީ ފިލްމް "ސްޓްރީ" ގެ ޕްރިކުއެލްއެއް އުފެއްދުމަށް ނިންމައިފިއެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށް، 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސްޓްރީ" އަކީ ކާމިޔާބު ފިލްމެކެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ރާޖްކުމާރް ރާއޯ އާއި ޝްރަދާ ކަޕޫރް ހިމެނެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން "ސްޓްރީ" ގެ ޕްރިކުއެލް ފިލްމުން ޝްރަދާ ކަޕޫރް ފެނިގެންދާނެއެވެ. ޝްރަދާ މިވަގުތު މަސައްކަތް ކުރަމުންދަނީ ލަވް ރަންޖަންގެ ފިލްމެއްގައެވެ. ލަވް ރަންޖަންގެ ފިލްމަކީ ސްޕެއިންގައި ޝޫޓްކުރާ ފިލްމެކެވެ.

"ސްޓްރީ" ގެ ޕްރިކުއެލްގެ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ފަށާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.