ޓޮމް ހޭންކްސް

ބޯބޭލުމުން ދަރިންވެސް ބިރުގަތް: ޓޮމް

ބޯބޭލުމުން ދަރިންވެސް ބިރުގަތް ކަމަށް ހޮލީވުޑްގެ ތަރި ޓޮމް ހޭންކްސް ބުނެފިއެވެ.

އުމުރުން 64 އަހަރުގެ އެކްޓަރު، ޓޮމް ބޯބާލާފައިވަނީ އެލްވިސް ޕްރިސްލީގެ ބައޯޕިކް ފިލްމްގައި އޭނާ ކުޅޭ ރޯލަށެވެ. މި ފިލްމްގައި ޓޮމް ފެނިގެންދާނީ އެލްވިސްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ކާނަލް ޓޮމް ޕާކާގެ ރޯލުންނެވެ.

އެ ފިލްމްގެ ޝޫޓިންގައި މިވަގުތު އޮސްޓްރޭލިއާގައި ހުރި ޓޮމް ބޯބާލާފައި ހުރެ ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުން ބުނީ ބޯބޭލުމުގެ ސަބަބުން ދަރިންވެސް ބިރުގަތް ކަމަށާއި އެކަމަށް މައާފަށް އެދެން ބޭނުންވާ ކަމަށެވެ.

މި ފިލްމްގެ މަސައްކަތް ކުރިއަށް ދަނިކޮށް، މިއަހަރުގެ މާޗް މަހުގެ ތެރޭގައި ޓޮމް އާއި އޭނާގެ އަންހެނުން ރިޓާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.