ބަތަލާ ދިއާ ރާއްޖޭގައި

އިންޑިއާގެ އެކްޓްރެސް ދިއާ މިރްޒާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ދިއާ މިރްޒާ ވަނީ ޖޭއޭ މަނަފަރު ރިސޯޓްގައި ހުރެ ނަގާފައިވާ ފޮޓޯތަކެއް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފޮޓޯތައް ހިއްސާކުރަމުން ކުރި ޕޯސްޓްގައި ދިއާ ވަނީ މެހުމާންދާރީ ފާހަގަކޮށްފައެވެ.

އުމުރުން 39 އަހަރުގެ ބަތަލާ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ރެހެނާ ހޭ ތެރޭ ދިލް މޭ" އާއި "ތުމްކޯ ނާ ބޫލް ޕާޔެނގޭ" އާއި "ތެހްޒީބް" ފާހަގަކޮށްލެވެއެވެ. ދިއާ ވަނީ ކޮމެޑީ ޑްރާމާ ފިލްމް "ހަނީމޫން ޕްރައިވެޓް ލިމިޓެޑް" އާއި "ހަމް ތުމް އޯރް ގޯސްޓް" އިންވެސް ފެނިގެން ގޮސްފައެވެ.

މިއަހަރުގެ މިހާތަނަށްވެސް، މަޝްހޫރު ބައެއް ފަންނާނުންތަކެއް ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޝްރައްދާ ކަޕޫރް، ޝަކްތީ ކަޕޫރް، އަމްނާ ޝަރީފް، ރޫމޭނިއާގެ ލަވަކިޔުންތެރިޔާ އެލީނާ އެލެގްޒެންޑްރާ (އީނާ) އާއި އީރާނަށް އުފަން ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރާޝް ހިމެނެއެވެ.