ސެލީނާ ގޯމޭޒް

ސެލީނާ ގޯމޭޒް އާ ސީރީޒަކުން

އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް، އާ ސީރީޒަކަށް ތައްޔާރުވެއްޖެއެވެ.

ސެލީނާ ގޯމޭޒް މިފަހަރު ފެނިގެންދާނީ ހުލޫ އިން ގެނެސްދޭ "އޮންލީ މާޑާސް އިން ދަ ބިލްޑިން" އިންނެވެ. ސެލީނާއާއެކު މި ސީރީޒުން ފެނިގެންދާނީ ކޮމޭޑިއަން ދެ އެކްޓަރުން ކަމަށްވާ ސްޓީވް މާޓިން އާއި މާޓިން ޝޯޓްއެވެ.

މި ސީރީޒްގައި ސެލީނާ ފެނިގެންދާނީ ކޮން ކަހަލަ ރޯލަކުންކަން، ސީރީޒް އުފައްދާ ފަރާތުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މިއީ ކޮމެޑީ ސީރީޒެކެވެ. މި ސީރީޒްގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައިވެސް ސެލީނާ އާއި މާޓިން ޝޯޓް މަސައްކަތްކުރާނެއެވެ.

ހުލޫ އިން މި ސީރީޒްގެ މައުލޫމާތު އެންމެ ފުރަތަމަ އިއުލާނު ކުރީ ޖެނުއަރީ މަހުއެވެ.

ސެލީނާ ގޯމޭޒް ކުޅެފައިވާ ބައެއް ފިލްމް އަދި ސީރީޒްތަކުގެ ތެރޭގައި "ވިޒާޑްސް އޮފް ވަވޭލީ ޕްލޭސް" އާއި "ޕްރިންސެސް ޕްރޮޓެކްޝަން ޕްރޮގްރާމް" އާއި "ބާނީ އެންޑް ފްރެންޑްސް" ހިމެނެއެވެ.