ފިލްމް ބްލެކް ވިޑޯގެ ޕޯސްޓަރެއް

"ބްލެކް ވިޑޯ" ރިލީޒްކުރުން ފަސްކޮށްފި

މާވެލް ސްޓޫޑިއޯސްގެ ފިލްމް، "ބްލެކް ވިޑޯ" ރިލީޒްކުރާ ތާރީހު ފަސްކޮށްފިއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރަން އޮތީ މިއަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، މި ފިލްމް ރިލީޒްކުރުން މިހާރު ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ކޭޓް ޝޯޓްލަންޑް ޑައިރެކްޓްކުރާ މި ފިލްމުން "ބްލެކް ވިޑޯ" ގެ ރޯލުން ފެނިގެންދާނީ ސްކާލެޓް ޖޮހަންސަން އެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ފްލޮރެންސް ޕިއު، ޑޭވިޑް ހާބާ، ރޭ ވިންސްޓޯން އަދި ވިލިއަމް ހާޓް ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން، ވަރަށް ގިނަ ފިލްމް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި "ނޯ ޓައިމް ޓު ޑައި" އާއި "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" އާއި "ފާސްޓް އެންޑް ފިއުރިސް 9" އާއި "ދަ ނިއު މިއުޓަންޓްސް" އަދި "ފެންޓާސްޓިކް ބީސްޓްސް 3" ހިމެނެއެވެ. އޭގެ އިތުރުން ފިލްމް "ޓޮމް ގަން: މެވެރިކް" އާއި "ދަ ލަވްބާޑްސް" އާއި "މިޝަން އިމްޕޮސިބަލް 7" އާއި "ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" އަދި "ވޮންޑަ ވުމަން 1984" ރިލީޒްކުރުންވެސް ވަނީ ފަސްކޮށްފައެވެ.