"ހީރޯޕަންތީ 2" ގެ ޕޯސްޓަރުތައް

ޓައިގާ ފެނިގެންދާ "ހީރޯޕަންތީ 2" ގެ ޕޯސްޓަރުތައް ދައްކާލައިފި

ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ހީރޯޕަންތީ 2" ގެ ޕޯސްޓަރުތައް ދައްކާލައިފިއެވެ.

ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓް އިން ޕްރޮޑިއުސްކޮށް، އަހުމަދު ޚާން ޑައިރެކްޓްކުރާ މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.

މި ފިލްމްގެ ފުރަތަމަ ބަޔަކީ ސަބީރު ޚާން ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހީރޯޕަންތީ" އެވެ. މި ފިލްމަކީ ޓައިގާ ޝްރޮފްގެ ފުރަތަމަ ފިލްމެވެ.

ނާދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓްއަކީ، ބެލުންތެރިންގެ މެދުގައި މަގުބޫލު ގިނަ ފިލްމް ފްރެންޗައިޒްތަކެއް ގެނެސްދީފައިވާ ޕްރޮޑަކްޝަން ކުންފުންޏެކެވެ. އޭގެ ތެރޭގައި "ހައުސްފުލް" އަދި "ބާގީ" ފްރެންޗައިޒްގެ ފިލްމްތައް ފާހަގަކޮށްލެވެއެވެ.