ޑްވޭން ފިލްމްގެ ސެޓުގައި - ފޮޓޯ ޑްވޭން ފޭސްބުކް

"ބްލެކް އެޑަމް" ގެ ޝޫޓިން ޑްވޭން ނިންމާލައިފި

ފިލްމް "ބްލެކް އެޑަމް" ގެ ޝޫޓިން ނިމިފައިވާ ކަމަށް އެކްޓަރު ޑްވޭން ޖޯންސަން (ދަ ރޮކް) ބުނެފިއެވެ.

ޑްވޭން ބުނި ގޮތުގައި، މި ފިލްމަކީ ފިޒިކަލީ އަދި މެންޓަލީވެސް އުނދަގޫ މަސައްކަތެކެވެ. ޑްވޭން ވަނީ ކްރޫ މެންބަރުންނާއި އެކްޓަރުންނާއި ޑައިރެކްޓަރަށް ޝުކުރު އަދާކޮށްފައެވެ.

ފިލްމް "ބްލެކް އެޑަމް" އަކީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޝަޒަމް" ގެ ސްޕިނިންގް-އޮފްއެކެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން، "ބްލެކް އެޑަމް" ރިލީޒްކުރާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ޑްވޭން ވަނީ "ބްލެކް އެޑަމް" ގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން، ބަރު އުފުއްލުމުގެ ކަސްރަތުކޮށްފައެވެ.