އާލިއާ ބަޓް

އާލިއާ ކޮވިޑްއިން ރަނގަޅުވެއްޖެ

ބޮލީވުޑްގެ އެކްޓްރެސް އާލިއާ ބަޓް ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއަކާއެކު އާލިއާ ބަޓް ވަނީ އޭނާ ކޮވިޑް-19 އިން ރަނގަޅުވެފައިވާކަން ހާމަކޮށްފައެވެ.

އާލިއާ ބަޓް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އާލިއާ ވަނީ ފާއިތުވި ދެ ހަފުތާ ވަންދެން ގޭގައި ކަރަންޓީންގައި ހުރެފައެވެ.

ބަތަލާ އާލިއާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ގަންގްބާއީ ކަތިއަވާޅީ" ހިމެނެއެވެ. އޭގެ އިތުރުން ފިލްމް "ބުރައްމަސްތުރާ" އިންވެސް އާލިއާ ފެނިގެންދާނެއެވެ.