ބަތަލާ އެރިކާ ފެނާންޑޭޒް

ބަތަލާ އެރިކާ ފެނާންޑޭޒް ރާއްޖޭގައި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، ކަސޯޓީ ޒިންދަގީ ކޭގެ ބަތަލާ އެރިކާ ފެނާންޑޭޒް ރާއްޖެ އަތުވެއްޖެއެވެ.

ކްލަބް މެޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ އެރިކާ ދަނީ، ރިސޯޓުގައި ހުރެ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައިވެސް، އެރިކާ ވަނީ ރާއްޖެ ޒިޔާރަތްކޮށް ކްލަބް މެޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައެވެ.

ޗުއްޓީ ހޭދަކުރުމަށް، ދުނިޔޭގެ މަޝްހޫރު ފަންނާނުންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ. ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ މިހާރުވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.