
ސައިފް އާއި ތައިމޫރް އަދި ކަރީނާ
ތަރިމޫރްގެ ފޮޓޯ ނެގުމަކީ ތައިމޫރްވެސް ގަޔާވާ ކަމެއް ނޫން: ސައިފް
ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރަށް ޕަޕަރާޒީންގެ ކެމެރާތައް އަބަދުވެސް ވަނީ އަމާޒުވެފައެވެ. މިއަހަރުގެ ޑިސެމްބަރު މަހު އުމުރުން ދެ އަހަރު ފުރޭ ތައިމޫރްގެ ފޮޓޯ ނެގުމަށް ޕަޕަރާޒީން އަބަދުވެސް ތައިމޫރް ދިރިއުޅޭ ގެ ކައިރީގައި ހަރަކާތްތެރިވެއެވެ.
ތައިމޫރްގެ ފޮޓޯ ނެގުމަކީ ތައިމޫރްވެސް ގަޔާވާ ކަމެއް ނޫން ކަމަށް އޭނާގެ ބައްޕަ ސައިފް އަލީ ވަނީ ބުނެފައެެވެ.
މީޑިއާގެ ސަމާލުކަން ތައިމޫރަށް ލިބެމުންދާތީ، ދަރިފުޅުގެ ސަލާމަތާއި މެދު ސައިފް އާއި ކަރީނާ ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
އިންޑިއާގެ ނޫހަކުން ސައިފް އާއި ކަރީނާއާ އިންޓަވިއުކުރުމުން އެ ދެމަފިރިން ބުނީ ތައިމޫރް ބޯޑިން ސްކޫލަކަށް ފޮނުވާލުމަށް ވިސްނަމުންދާ ކަމަށާއި އާދައިގެ ދިރިއުޅުމެއްގައި ދަރިފުޅު ބޮޑުކުރަން ބޭނުންވާ ކަމަށެވެ.