އިންސްޕެކްޓާ ގެޖެޓް ކާޓޫންގެ މަންޒަރެއް

ޑިޒްނީ އިން މިފަހަރު ގެނެސްދެނީ "އިންސްޕެކްޓާ ގެޖެޓް"

ޑިޒްނީ އިން މިހާރު ދަނީ ކުރީގެ ކާޓޫންތައް ލައިވް-އެކްޝަން ފިލްމްތަކުގެ ގޮތުގައި ނެރެމުންނެވެ. ޑިޒްނީ އިން މިހާރު މަސައްކަތްކުރަމުން ދަނީ 1980 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވި ކާޓޫން "އިންސްޕެކްޓާ ގެޖެޓް" ގެ ލައިވް-އެކްޝަން ފިލްމެއް އުފެއްދުމަށެވެ.

ފިލްމްގެ މަސައްކަތަށް އެ ސްޓޫޑިއޯ އިން ވަނީ އެމެރިކާގެ އެކްޓަރު މިކީ ޑޭ އާއި އެކްޓަރު ސްޓްރީޓާ ސައިޑެލްއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

މި ފިލްމް ޕްރޮޑިއުސްކުރާނީ ޑިޒްނީގެ ލައިވް-އެކްޝަން ފިލްމް "އަލާއްދީން" ވެސް ޕްރޮޑިއުސްކުރި ދެ ޕްރޮޑިއުސަރުން ކަމަށްވާ ޑަން ލިން އާއި ޖޮނަތަންއެވެ.

"އިންސްޕެކްތާ ގެޖެޓް" ކާޓޫން ގެނެސްދީފައިވަނީ ޑިޒްނީ އާއި ކެނެޑާގެ ކުންފުނި ޑީއެޗްއެކްސް މީޑިއާ ގުޅިގެންނެވެ. މި ފިލްމްގެ ރައިޓްސް މިހާރު އޮތީ ޑިޒްނީގައެވެ.