ފިލްމް ޑާލިންގްގެ މަންޒަރެއް-

އަނިޔާވެރި މަންޒަރު ނެގި ދުވަހު އާލިއާ އުޅުނީ ބަލިކޮށް: ޑައިރެކްޓަރު

އާލިއާ ބަޓްގެ ފިލްމް "ޑާލިންގް" އަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުން، މި ފިލްމަކީ އަނިޔާވެރިކަން ޕްރޮމޯޓްކުރާ ފިލްމެކެވެ.

މިއީ ޑާކް ކޮމެޑީ ފިލްމެކެވެ. ފިލްމްގައި ބަދްރު (އާލިއާ ބަޓް) އަކީ ފިރިމީހާ ހަމްޒާ (ވިޖޭ ވަރްމާ) ގެ ފަރާތުން އަހަރުތަކެއް ވަންދެން ގެވެށި އަނިޔާ ލިބެމުންދިޔަ މީހެކެވެ. ހަމްޒާ ދޫކޮށްލުމަށް ބަދްރްގެ މަންމަ ޝަމްސު (ޝެފާލީ ޝާހް) އަބަދުވެސް ނަސޭހަތްތެރިވެއެވެ.

މި ފިލްމްގައި ފިރިމީހާއަށް އަނިޔާކުރާ މަންޒަރުތަކާއި ގުޅިގެން ފިލްމްގެ ޑައިރެކްޓަރު ޖަސްމީތު ކޭ ރީން ބުނި ގޮތުގައި، ފިލްމްގެ އަނިޔާވެރި މަންޒަރު ނެގި ދުވަހު އާލިއާ އުޅުނީ ބަލިކޮށެވެ.

"އާލިއާ އެ ދުވަހު އުޅުނީ ބަލިކޮށް، އެހެން ނަމަވެސް ޝޫޓިންއަށް އައި" ޖަސްމީތު ބުންޏެވެ. އާލިއާ ބަލިކޮށް އުޅެމުންވެސް، އާލިއާގެ މަންޒަރުތައް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށް ޖަސްމީތު ބުންޏެވެ. ޝޫޓިން ނިމުމުން، ސެޓްގައި ތިބި އެންމެންގެ ތަރުހީބުގެ އާލިއާއަށް ލިބިގެންދިޔަ ކަމަށްވެސް ޖަސްމީތު ބުންޏެވެ.