ރަންބީރް

ރަންބީރް ކޮވިޑަށް ޕޮޒިޓިވްވިކަން ނީތު ކަށަވަރުކޮށްދީފި

ރަންބީރް ކަޕޫރް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އޭނާގެ މަންމަ އަދި އިންޑިއާގެ ފިލްމީ ބަތަލާ ނީތު ކަޕޫރް ކަށަވަރުކޮށްދީފިއެވެ.

ނީތު ކަޕޫރް ސޯޝަލް މީޑިއާގައި ބުނީ ރަންބީރް ކޮވިޑަށް ފަރުވާ ހޯދަމުންދާ ކަމަށެވެ. މިވަގުތު ރަންބީރް ހުރީ ސެލްފް-ކަރަންޓީންގައި ގޭގައި ކަމަަށާއި ކަނޑައެޅިފައިވާ އުސޫލުތަކަށް ބޯލަނބަމުންދާ ކަމަށް ނީތު ކަޕޫރް ވަނީ ބުނެފައެވެ.

ރަންބީރް އުޅެނީ ބަލިވެ ކަމަށް، އޭނާގެ ބޮޑުބޭބެ ރަންދީރް ކަޕޫރް މީގެ ކުރިން ވަނީ ބުނެފައެވެ.

އުމުރުން 38 އަހަރުގެ ރަންބީރްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޝަމްޝޭރާ" އާއި "ބުރައްމަސްތުރާ" ހިމެނެއެވެ. "ޝަމްޝޭރާ" ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. "ޝަމްޝޭރާ" ގެ ކާސްޓުންގެ ތެރޭގައި ވާނީ ކަޕޫރާއި ސަންޖޭ ދަތު ހިމެނެއެވެ.