އަބިޝެކް ކަޕޫރް

ޕުލްވާމާ ހާދިސާ އަށް ފިލްމެއް ހަދަނީ

މިއަހަރުގެ ފެބްރުއަރީ މަހު، އިންޑިއާގެ ޕުލްވާމާގައި ދިން ހަމަލާއަށް ބިނާކޮށް ފިލްމެއް އުފައްދަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މި ފިލްމް އުފެއްދުމުގައި އިސްކޮށް އުޅެނީ އިންޑިއާގެ އެކްޓަރު، ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބިޝެކް ކަޕޫރެވެ. ފިލްމް އުފެއްދުމުގައި އަބިޝެކް ކަޕޫރާއެކު ދެން ބައިވެރިވާނީ މަހަވިރް ޖެއިންއެވެ.

މި ފިލްމާއި ގުޅޭ ގޮތުން މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައިނުވާއިރު ފިލްމްގެ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ވަނީ ބެލެވިފައެވެ. މިހާރު ކުރިއަށް ދަނީ ފިލްމްގެ ސްްކްރިޕް ތައްޔާރުކުރުމުގެ މަސައްކަތެވެ.

ޕާކިސްތާނުގެ ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު އިން އިންޑިއާއަށް ދިން ހަމަލާގައި އިންޑިއާ ސިފައިންގެ 42 އޮފިސަރުން ވަނީ މަރުވެފައެވެ.