ބިޕާޝާ ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯއެއް

ޗުއްޓީ ހޭދަކޮށްލުމަށް ބިޕާޝާ ރާއްޖޭއަށް

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ބިޕާޝާ އާއި ކަރަން ޗުއްޓީ ހޭދަކުރަމުން ދަނީ ހެރިޓެންސް އާރަށުގައެވެ. ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯތައް، ބިޕާޝާ ދަނީ އޭނާގެ ސޯޝަމް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ހިއްސާކުރަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް، ބިޕާޝާ އާއި އޭނާގެ ފިރިމިހާ ވަނީ ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައެވެ. އެ ދެމަފިރިން ވަނީ ރާއްޖޭގައި އާ އަހަރުވެސް ފާހަގަކޮށްފައެވެ.

މިމަހުގެ 23 ވަނަ ދުވަހަކީ ކަރަންގެ އުފަން ދުވަހެވެ.

ބިޕާޝާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން "ރާޒް" އާއި "ނޯ އެންޓްރީ" އާއި "ދޫމް 2" އަދި "ރާޒް 3" ފާހަގަކޮށްލެވެއެވެ.