ގަލް ގެޑޯ އޭނާގެ ފިރިމީހާ އާއި ދެ ކުދިންނާއެކު

ގަލް ގެޑޯއަށް މިފަހަރުވެސް ލިބެނީ އަންހެން ކުއްޖެއް

އިޒްރޭލުގެ އެކްޓްރެސް ގަލް ގެޑޯއަށް މިފަހަރުވެސް ލިބެނީ އަންހެން ކުއްޖެއް ކަމަށް އޭނާ ބުނެފިއެވެ.

ގަލް ގެޑޯ އާއި އޭނާގެ ފިރިމީހާ ވަރްސާނޯގެ ކައިވެންޏަށް މިހާރުވެސް ދެ އަންހެން ކުދިން ލިބިފައިވެއެވެ. ގަލް ގެޑޯ މިހާރު އިނީ ތިންވަނަ ދަރިފުޅަށް ބަލިވެއެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަކީ އަލްމާއެވެ. ދެވަނަ ދަރިފުޅަކީ މާޔާއެވެ. ވަރްސާނޯ އާއި ގަލް ގެޑޯ ކައިވެނިކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ.

ތިންވަނަ ދަރިފުޅަށް ބަލިވެއިންކަން ގަލް ގެޑޯ ހާމަކުރީ ފިރިމީހާ އާއި ދެ ކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން މިއަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހުއެވެ.

"ވޮންޑަ ވުމަން" ގެ ރޯލުން ފެނިގެންދިޔަ ގަލް ގެޑޯ ވަނީ ފާސްޓް އެންޑް ފިއުރިއަސްގެ ބައެއް ފިލްމްތަކުންވެސް ފެނިގެން ގޮސްފައެވެ.