ފޮޓޯ: (ކ) ސަމިރާ މާބަނޑުއިރު ނަގާފައިވާ ފޮޓޯއެއް (ވ) ސަމީރާ އާއި އޭނާއަށް ލިބުނު ދެވަނަ ދަރިފުޅުގެ އަތް ފެންނަ ގޮތަށް ނެގި ފޮޓޯ: ފޮޓޯ ސޯޝަލް މީޑިއާ

އެކްޓްރެސް ސަމީރާއަށް ދަރިއަކު ލިބިއްޖެ

އިންޑިއާގެ ފިލްމީ ތަރި ސަމީރާ ރެޑީ އާއި އޭނާގެ ފިރިމީހާ އަކްޝާއީއަށް ދަރިއަކު ލިބިއްޖެއެވެ.

އެ ދެމަފިރިންނަށް ހުކުރު ދުވަހު ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މިއީ އެ ދެމަފިރިންގެ ދެވަނަ ދަރިފުޅެވެ.

ސަމީރާ ވަނީ އޭނާއާއި ދަރިފުޅުގެ އަތް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ދަރިއަކު ލިބުނުކަން އިއުލާނު ކުރުމާއި ގުޅިގެން ސަމީރާގެ ފޭނުންނާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް ތަރިން ވަނީ ސަމީރާއަށް މަރުހަބާ ކިޔާފައެވެ.

ސައިކަލު އުފެއްދުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަކްޝާއީ އާއި ސަމިރާ ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް 2015 ވަނަ އަަހަރު އެ ދެމަފިރިންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ.