13 އަހަރަށްފަހު ޝިލްޕާ ޝެޓީ އަނެއްކާވެސް ބޮޑު ސްކްރީނަށް

ސައްބިރް ޚާންގެ އެކްޝަން ފިލްމް "ނިކައްމާ" އާއިއެކު ޝިލްޕާ ޝެޓީ ބޮލީވުޑަށް އެބުރި އަންނަންވަނީ ތައްޔާރުވެފައެވެ. މިއީ ކުރިން ޝިލްޕާ ފެނިގެން ގޮސްފައިވާ ވައްތަރުގެ ފިލްމެއް ނޫނެވެ.

"އަހަރެން މިހިރީ ބޮލީވުޑަށް އެނބުރި އަންނަން ތައްޔާރަށް. މިއީ ތާޒާ އަދި ތަފާތު ޕްރޮޖެކްޓެއް." ޝިލްޕާ ބުންޏެވެ.

މި ފިލްމްގައި ޝިލްޕާ ކުޅޭ ރޯލާއި ބެހޭ ގޮތުން މާގިނަ މައުލޫމާތު ހާމަކޮށްފައި ނުވާއިރު މިއީ ކުރިން އޭނާ ކޮށްފައި ނުވާ ކަމެއްކަން ޝިލްޕާ ފާހަގަކުރެއެވެ. ޝިލްޕާ ބުނީ ބެލުންތެރިންނަށް އެ ރޯލުން އޭނާ ފެނިގެންދާން ކެތްމަދުވެފައި ހުރި ކަމަށެވެ.

"ނިކައްމާ" ޕްރޮޑިއުސް ކުރަނީ ސޮނީ ޕިކްޗާސް އިންޓަނޭޝަނަލް ޕްރޮޑަކްޝަންސް އާއި ސައްބިރް ޚާން ފިލްމްސް ގުޅިގެންނެވެ. މި ފިލްމްގައި ޝިލްޕާގެ އިތުރުން އަބިމަންޔު ދަސްއާނީ އާއި ޝިރްލޭ ސެޓިއާ ފެނިގެންދާނެއެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދު ތެރޭގައެވެ.