ސަލްމާން ހާނާއި އޭނާގެ ބޮޑީގާޑުން

އެތައް ބައިވަރު ބޮޑީގާޑުންނާއެކު ސަލްމާން މަގުމައްޗަށް

ގިނައަދަދެއްގެ ބޮޑީގާޑުންނާއެކު ސަލްމާން ހާން ދުބާއީގެ މޯލެއްގައި ހަރަކާތްތެރިވާ މަންޒަރު ފެނިއްޖެއެވެ. 

ބައެއް ނޫސްތަކުން ވަނީ ސަލްމާން ބޮޑީގާޑުންނާއެކު މޯލްގައި އުޅޭ ވީޑިއޯއެއްވެ އާންމު ކޮށްފައެވެ. 

ސަލްމާންއަށް އިންޑިއާ ފުލުހުން ވަނީ ފިސްތޯލެއް ގެންގުޅުމުގެ ހުއްދަވެސް މީގެ ހަފްތާއެއް ކުރިން ދީފައެވެ. 

ސަލްމާންއަށް އިންޒާރުދީފައިވަނީ މަޝްހޫރު ރެޕް ލަވަކިއުންތެރިއާ ސިދޫ މޫސޭ ވާލާ މަރައިލި ގޭންގުންނެވެ. 

ރިޕޯޓުތައް ބުނާގޮތުން ސަލްމާން ހާންއަށް އަށް އިންޒާރު ދީފައިވަނީ އޭނާ 1998 ވަނަ އަހަރު "ހަމް ސާތް ސާތް ހޭ" ކުޅުނުއިރު އިންޑިއާގެ ބައެއް މީހުން މާތް އެއްޗެއްގެ ގޮތުގައި ބަލާފައިވާ "ބްލެކްބަގް" ދެ ފުއްލާ ޝިކާރަކުރި މައްސައިގައި އޭރުވެސް ސަލްމާން ހާން މަރައިލަން މަސައްކަތްކުރި ލޯރެންޝް ބިޝޯނީ ކިޔާ އިންޑިއާގެ ޑޮން އެކެވެ. 

ސިދޫ މޫސޭވާލާ މަރާލުމުގައިވެސް މިހާރު ތުހުމަތު ކުރެވެނީ ލޯރެންޝް ބިޝޯނީ އަށެވެ. އޭނާގެ ގޭންގުގައި 700 އަށްވުރެ ގިނަ މެންބަރުން އުޅޭއިރު، އެ ގޭންގުގެ ބާރު، ދިއްލީ، ހިމާޗަލްޕަރްދޭސް، ހަރިއާނާ، ޕަންޖާބް އަދި ރާޖެސްތާނާއި ހަމައަށް ވެސް އޮވެއެވެ.