ޝާހުގެ ރެކޯޑެއް ރަންވީރު މުގުރާލައިފި

ބޮލީވުޑްގެ "ކިންގް" ގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޝާހުރުކްހާންއަށްވުރެ ގިނަ ބްރޭންޑުތަކުގެ އެންބެސެޑަރުކަން ހޯދައި އޭނާގެ ރެކޯޑެއް ބޮލީވުޑްގެ ޒުވާން ތަރި ރަންވީރު ސިންގު މުގުރާލައިފިއެވެ. 

މިގޮތުން ރަންވީރު މިހާރު ބްރޭންޑް އެންބެސެޑަރުކަން ކުރާ ބްރޭންޑުތަކުގެ އަދަދު ވަނީ 41 އަށް އަރާފައެވެ. 

ރަންވީރު މިކަން އިއުލާނުކޮށްފައިވަނީ "ބޮލީވުޑް ހަންގާމާއަށް" ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނީ ޝާހު އަށްވުރެ ގިނަ ބްރޭންޑުތައް އޭނާއަށް ލިބުނު ނަމަވެސް, އޭނާ އިޝްތިހާރުތަކުގެ ދުނިޔޭގައި އޭނާގެ ރޯލް މޮޑެލަކަށްވީ ޝާހު ކަމަށެވެ. 

"ނުވަދިހައިގެ އަހަރުތަކުގެ ތެރޭގަ ފިލްމީތަރިއަކަށް ބްރޭންޑެއް އެންޑޯޒްކުރަން ވަރަށް އުނދަގޫވާނެ. އެހެއްންވިއަސް ޝާހު ވަނީ އެކަން ބަދަލުކޮށްފަ. އަޅުގަނޑަކީ ޝާހުގެ ފިޔަވަޅުތައް ފަހަތުން ދާ އޭނާގެ ފޮލޯވަރެއް," ރަންބީރު ބުންޏެވެ. 

އިޝްތިހާރު ކުޅެގެންނާއި ބްރޭންޑުތަކުގެ އެންބެސެޑަރުކަން ކޮށްގެން, 120 ކޮރޯޑަށްވުރެ ގިނަ ރުޕީޒް މަހެއްގެ މައްޗަށް ހޯދާކަން ރަންވީ ވަނީ ހާމަކޮށްފައެވެ.