އަމީތާބް ބަޗަން ރުޅިގަދަވެއްޖެ
އިންޑިއާގެ މަޝްހޫރު ފިލްމީތަރި އަމީތާބް ބަޗަންގެ ފޮޓޯއެއް ފްރާންސްގެ ސެލޫނެއްގައި ބޭނުން ކުރުމުން އެނާ ރުޅިގަދަވެއްޖެއެވެ.
ފްރާންސްގެ ސެލޫނެއްގައި ވަނީ ހޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންނާއެކު, އަމީތާބްގެ ފޮޓޯ އެއްވެސް ޖަހާފައެވެ.
މި ފޮޓޯއާއެއްކު ކުރި ޓުވީޓެއްގައި އަމީތާބު ވަނީ "މިއީ ކޮންކަހަލަ ދުނިޔެއެއްތޯ?" ސުވާލުކޮށްފައެވެ.
ބޮލީވުޑް އެކްޓަރުގެ ފޮޓޯފަދަ ތަކެތި ހުއްދަނެތި ބޭނުންކޮށްގެން އިޝްތިހާރު ކޮށްހަދާ މައްސަލަ ވަނީ މިހާރު ބޮޑުވެފައެވެ. މި ފަދަ މައްސަލަތައް ހުއްޓުވަން ގާނޫނުތައް ހަދާފައި ހުރި ނަމަވެސް މާބޮޑު ހައްލެއް ލިބޭ މަންޒަރެއް ނުފެނެއެވެ.
ސެލޫނެއްގެ ބޭރުގައި ފޮޓޯ ޖަހާފައި ހުރުމުން ރުޅިގަދަވެގެން އަމީތާބު ޓުވީޓު ކުރިއިރު, އޭނާގެ އެންމެ ފަހުގެ ފިލްމު "ބަހާމަތްރާ: ޕާޓް ވަން" ނެރުމުގެ އެންމެ ފަހުގެ މަރުހަލާތައް މިހާރު ދަނީ ކުރިއަށެވެ. އެ ފިލްމުގައި އަމީތާބު ކުޅެނީ ޕްރޮފެސަރެއްގެ ބައެވެ. އެއީ އެ ފިލްމުގެ ލީޑް ރޯލެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީ އެވެ. އަމީތާބްގެ އިތުރުން އާލިއާ ބަޓް, އަދި ރަންވީރު ކަޕޫރު މި ފިލްމުގެ ލީޑުން ފެންނާނެއެވެ.