އާނޯލްޑް

ސިޔާސީ ކަންކަމަށް ނަފުރަތުކުރަން: އާނޯލްޑް

ސިޔާސީ ކަންކަމަށް ނަފުރަތު ކުރާ ކަމަށާއި ނަމަވެސް އެ ދާއިރާގައި މަސައްކަތްކުރީ މީހުންނަށް އެހީތެރިވުމަށް ކަމަށް ކުރީގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝުވަޒްނެގާ ބުނެފިއެވެ.

ކެލެފޯނިއާގެ ގަވަރުނަރުކަން 2003 އިން 2011 އަށްކުރި އާނޯލްޑް ބުނީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރިއިރުވެސް އޭނާއަކީ ސިޔާސީ މީހެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"އަހަރެންނަކީ، ސިޔާސަތުތައް ރައްޔިތުންނަށް ފަސޭހަކޮށްދިން ރައްޔިތުންގެ ހާދިމެއް" އުމުރުން 72 އަހަރުގެ އެކްޓަރު ބުންޏެވެ.

އޮސްޓްރޭލިއަން-އެމެރިކަން އެކްޓަރު އާނޯލްޑް ބުނީ، އެމެރިކާގެ ރައީސްކަމަށް ކުރިމަތިލާން ބޭނުންވާ ކަމަށާއި ނަމަވެސް އޭނާއަކީ އޮސްޓްރޭލިއާއަށްވެސް ނިސްބަތްވާ މީހަކަށްވުމުން އެމެރިކާގެ ރައީސް ކަމަށް ނުލެވޭތީ ދެރަވާ ކަމަށެވެ.

އާނޯލްޑްގެ ކުރިއަށް އޮތް ފިލްމަކީ "ޓާމިނޭޓާ: ޑާކް ފޭޓް" އެވެ.