"އެކްސް މެން" އިން އަލުން ފެނިގެން ދިއުމަށް އުންމީދުކުރަން: ސޯފީ

"އެކްސް މެން" ފްރެންޗައިޒްގެ ފިލްމަކުން، އަލުން ފެނިގެންދިއުމަށް އުންމީދުކުރާ ކަމަށް އެކްޓްރެސް ސޯފީ ޓާނާ ބުނެފިއެވެ.

ސޯފީ ޓާނާ ވަނީ "އެކްސް މެން" ގެ ދެ ފިލްމަކުން ފެނިގެން ގޮސްފައެވެ. ސޯފީ އެންމެ ފަހުން ފެނިގެންދިޔަ "އެކްސް މެން" ފްރެންޗައިޒްގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ޑާކް ފީނިކްސް" އެވެ. "އެކްސް މެން" ފްރެންޗައިޒްގެ ފިލްމްތަކުން ސޯފީ ފެނިގެންދަނީ ޖީން ގްރޭ / ފީނިކްސް ގެ ރޯލުންނެވެ.

އުމުރުން 24 އަހަރުގެ އެކްޓްރެސް ބުނީ، "އެކްސް މެން" ގެ އާ ފިލްމެއް އުފައްދާނެކަން ނޭނގޭ ކަމަށެވެ. ނަމަވެސް އެ ކެރެކްޓާ އާއި އެ ކާސްޓުން ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށް ސޯފީ ބުންޏެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި ސޯފީ ކައިވެނި ކުރީ މިދިޔަ އަހަރުއެވެ. އެ ދެމަފިރިން މިހާރު އިންތިރާޒު ކުރަމުން ދަނީ އެ މީހުންގެ އަލަތު ދަރިފުޅަށެވެ. "ގޭމްސް އޮފް ތުރޯންސް" ގައި ސަންސާ ސްޓާކްގެ ރޯލު ކުޅެފައިވަނީވެސް ސޯފީއެވެ.