އެންތޮނީ އޭނާގެ މަސައްކަތުގައި

ބޯކޮށައިދިނުމުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހާ މަރުވެއްޖެ

ބޯކޮށައިދިނުމުގެ މަސައްކަތުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހާގެ ގޮތުގައި ބެލެވިފައިވާ އެންތޮނީ، އުމުރުން 108 އަހަރުގައި މަރުވެއްޖެއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުން އެންތޮނީ މަރުވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ބޯކޮށައިިދިނުމުގެ މަސައްކަތުގައި އޭނާ ވަނީ 96 އަހަރު ހޭދަކޮށްފައެވެ.

އެންތޮނީގެ ދަރިއަކާއި ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުން އުމުރުން ދުވަސްވެގެން އޭނާގެ ބައްޕަ އަމިއްލައަށް މަސައްކަތުން ރިޓަޔާވެފައިނުވެއެވެ. އޭގެ ބަދަލުގައި ފެނުނީ ފަރުވާތެރިކަމާއެކު މަސައްކަތްކުރި ތަން ކަމަށް ރޮބާޓް ބުންޏެވެ.

އެންތޮނީ އުފަންވެފައިވަނީ 2 މާޗް 1911 ވަނަ ދުވަހުއެވެ. ގިނިސް ވޯލްޑް ރެކޯޑް ފޮތުން އެންތޮނީއަށް ޖާގަ ލިބުނީ 8 އޮކްޓޫބަރު 2018 ވަނަ ދުވަހުއެވެ.