ޕޫނޭގެ އީރާނީ ކެފޭގައި ނުކުރެވޭ ކަންތައްތައް

މިއީ ޕޫނޭގެ މި ކެފޭގައި ނުކުރެވޭ ކަންތައްތަކުގެ ލިސްޓް

ޕޫނޭގައި "އީރާނީ ކެފޭ" ގެ ނަމުގައި ހިންގާ މި ކެފޭއަށް ގިނަ ބައެއްގެ ސަމާލުކަން މި ވަނީ ލިބިފައެވެ. ސަބަބަކީ މި ކެފޭ ތެރޭގައި ކުރުން މަނާ ކަންތައްތަކުގެ ލިސްޓެއް އިންޓަނެޓްގައި ވައިރަލްވުމެވެ.

ކެފޭ ތެރޭގައި ކުރުން މަނާ ކަންތައްތަކުގެ ލިސްޓް ހިމަނާފައިވަނީ ކެފޭގެ މެނޫގައެވެ. އާންމުކޮށް ކެފޭތަކުގައި ކުރެވޭ ބައެއް ކަންކަންވެސް މި ކެފޭގައި ކުރުމަކީ މަނާ ކަމެކެވެ. އޭގެ ތެރޭގައި ލެޕްޓޮޕް ބޭނުންކުރުމާއި މޯބައިލް ގޭމް ކުޅުމާއި ދަތްކޮށްޓުން ހިމެނެއެވެ.

މި ކެފޭ ތެރޭގައި ކުރުން މަނާކޮށްފައިވާ ބައެއް ކަންކަމަށް ގިނަ ބަޔަކު ދަނީ ތާއީދުކުރަމުންނެވެ. އޭގެ ތެރޭގައި ގޮނޑިއަށް ފައި ނަގައިގެން އިނުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ބާރަށް ވާހަކަ ދެއްކުން ހިމެނެއެވެ.

ޕޫނޭގެ މި ކެފޭގެ އުސޫލުތައް ޓްވިޓާގައި ހިއްސާކުރި މީހާ ވަނީ، ކެފޭ އިން މިފަދަ އުސޫލުތަކެއް ކަނޑައަޅަން ޖެހުނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. މި ކެފޭގައި ދަތް އުނގުޅުން މަނާކޮށްފައިވާއިރު، ކެފޭގައި ދަތް އުނގުޅާނީ ކާކުތޯ މީހަކު ވަނީ ސުވާލު އުފައްދާފައެވެ.