އިންޑިއާގައި އެންމެ މަގުބޫލު ފިރިހެން ނަންތަކުގެ ތެރޭގައި "މުހައްމަދު"

އިންޑިއާގައި ފިރިހެން ކުދިންނަށް ކިޔާފައިވާ ނަންތަކުގެ ތެރެއިން، އެންމެ މަގުބޫލު ނަންތަކުގެ ތެރޭގައި "މުހައްމަދު" ހިމެނިއްޖެއެވެ.

އެގައުމުގެ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިންޑިއާ އިން ވަނީ 2010 އިން 2019 އަށް އެގައުމުގައި ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް ކިޔާފައިވާ އެންމެ މަގުބޫލު ނަންތަކުގެ ލިސްޓެއް އާންމުކޮށްފައެވެ.

ލިސްޓުގައި، ނަންތައް ތަރުތީބުކޮށްފައިވަނީ އެލްފަބެޓް ތަރުތީބުންނެވެ. މި ލިސްޓްގައި އަރަބި، ސާންސްކްރިތު އަދި ހިންދީ ނަންތައްވެސް ހިމެނެއެވެ.

ފިރިހެން ކުދިންނަށް ކިޔާފައިވާ އެންމެ މަގުބޫލު ނަންތަކުގެ ތެރޭގައި ކަބީރް، ރީހަން، ރިއާން، އަރްޖުން، އަރްމާން، ސިދްހާތު، ވީރް އަދި ވިވާން ހިމެނެއެވެ.

އަންހެން ކުދިންނަށް ކިޔާފައިވާ މަގުބޫލު ނަންތަކުގެ ތެރޭގައި ފާތިމާ، އާމިރާ، އާލިއާ، އިނާޔާ، ޖާންވީ، މީރާ، ނާނިއާ، ސާރާ، ސާމިރާ ހިމެނެއެވެ.

އެމެރިކާގައި މިއަހަރު ފިރިހެން ކުދިންނަށް ކިޔާފައިވާ އެންމެ މަގުބޫލު 10 ނަމުގެ ތެރޭގައި "މުހައްމަދު" ވަނީ ހިމެނިފައެވެ.