ޔޫޓިއުބާއި ގުޅޭ ބައެއް ހަގީގަތްތައް

ޔޫޓިއުބްއަކީ، އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ސައިޓެކެވެ. ލަވަ އާއި ތަފާތު ވީޑިއޯތައް އެކި ފަރާތްތަކުން އަބަދުވެސް ދަނީ ޔޫޓިއުބަށް އަޕްލޯޑް ކުރަމުންނެވެ.

މިހާރު ޔޫޓިއުބްގައި ބިލިއަނަކަށްވުރެ ގިނަ ޔޫޒާސް އެބަ ތިއްބެވެ. ކޮންމެ މިނެޓަކުވެސް 100 އެތައް ގަޑިއިރެއްގެ ވީޑިއޯ އެ ފަރާތްތަކުން ދަނީ ޔޫޓިއުބަށް އަޕްލޯޑް ކުރަމުންނެވެ.

ޔޫޓިއުބްގައި އެންމެ ފުރަތަމަ ވީޑިއޯއެއް އަޕްލޯޑް ކުރެވުނީ 2005 ވަނަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ. އެ ވީޑިއޯއަކީ ޔޫޓިއުބްގެ ކޯ-ފައުންޑާ ޖާވިދް ކަރީމް، ސެން ޑިއެގޯ ޒުލުގައި ހުރެ ނަގާފައިވާ ވީޑިއޯއެކެވެ. ޔޫޓިއުބްގެ ފައުންޑަރުންގެ ތެރޭގައި ޕޭޕަލްގެ ކުރީގެ ތިން މުވައްޒަފުން ހިމެނެއެވެ.

ދެހާސް ބާރަ ވަނަ އަހަރު މަޝްހޫރުވެގެން ދިޔަ އެއް ލަވައަކީ "ގަންނަމް ސްޓައިލް" ލަވައެވެ. މިއީ ޔޫޓިއުބްގައިވެސް އެންމެ ގިނަ މީހުން ބެލި އެއް މިއުޒިކް ވީޑިއޯއެވެ. އެ ވީޑިއޯއަށް ލިބުނު މަގުބޫލުކަމުގެ ސަބަބުން ޔޫޓިއުބް ވިއު ކައުންޓާއަށްވެސް މައްސަލަތަކެއް ދިމާވިއެވެ. އެ މައްސަލަ ޔޫޓިއުބުން ފަހުން ވަނީ ހައްލުކޮށްފައެވެ.