ޖިހާދް އެނާގެ މަންމަ ދެކިލުމަށް މަސައްކަތް ކުރަނީ

ހޮސްޕިޓަލްގައި އޮތް މަންމަ ދެކިލުމަށް ކުރި މަސައްކަތަށް ގިނަ ބައެއްގެ ސަމާލުކަން

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މަންމަ ދެކިލުމަށް ފަލަސްތީނުގެ ޒުވާނަކު، ކުރި މަސައްކަތަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ޖިހާދް އަލް-ސުވައިތީ ނަމަކަށްކިޔާ ޒުވާނާގެ މަންމަ އެޑްމިޓްކޮށްފައި އޮތީ ހުޅަނގު އައްސޭރީގެ ހެބްރޫން ހޮސްޕިޓަލުގައެވެ. ޖިހާދް ވަނީ އޭނާގެ މަންމައަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު، ކޮންމެ ރެއަކުވެސް ހޮސްޕިޓަލުގެ ފާރުން އަރައި މަންމަ ދެކިލުމަށް ކުޑަދޮރު ކައިރީގައި މަޑުކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ޖިހާދްގެ މަންމަ ރާސްމީ ސުވައިތީ މަރުވީ އުމުރުން 73 އަހަރުގައި މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާސްމީ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އޭނާއަކީ ލިއުކީމިއާ ޖެހިފައިވާ މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަރަބިކް ޕޯސްޓަށް މައުލޫމާތު ދެމުން ޖިހާދް ބުނި ގޮތުގައި އޭނާގެ މަންމަ ދެކިލުމަށް ހޮސްޕިޓަލަށް ވަންނަން މަސައްކަތްކުރިއެވެ. ނަމަވެސް އެ ހުއްދަ ނުލިބުނެވެ.

މިހާތަނަށް 14 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. މި ބަލީގައި ހަ ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 8.7 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.